ހޯނޑެއްދޫ ކައުންސިލާއި ރަށުގެ އެންމެހާ މުވައްސަސާތަކުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު މިއަދު ކުރިއަށްގެންދެވުނު ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް ވަނީ ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ.
މި ޕްރޮގްރާމްގެ ދަށުން: • މަގުތަކާއި ގޯޅިތައް ސާފުކުރެވުނެވެ • މަގުމަތީގައި ހުރި ކުނިތައް ނެގުނެވެ • ވިނަ އިންދާފައިވާ ސަރަޙައްދުތައް ސާފުކުރެވުނެވެ • ޢާންމު ސަރަޙައްދުތަކުގެ ސާފުތާހިރުކަން އިތުރުކުރެވުނެވެ
ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެކެވެ. މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި އެއްބާރުލުން ދެއްވި ހުރިހާ މުވައްސަސާތަކަށާއި މުވައްޒަފުންނަށް ކައުންސިލުން ޚާއްޞަ ޝުކުރެއް ދަންނަވަމެވެ.