(ހ) ކައުންސިލްގެ ޖަލްސާތައް ޤަވާއިދުން ބޭއްވުމާއި އެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން.
(ށ) ކައުންސިލްގެ މަޤްޞަދާ އެއްގޮތަށް ކައުންސިލް ޙަރަކާތްތެރި ކުރުވައި ހިންގުން.
(ނ) ކައުންސިލުން ނިންމާ ނިންމުންތައް ކައުންސިލްގެ އިދާރާ މެދުވެރިކޮށް ޝާއިއުކުރުމާއި ތަންފީޛުކުރުން.
(ރ) ކައުންސިލްގެ ރިޕޯޓްތަށް ތައްޔާރުކުރުވުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވާތޯ ބެލުން.
(ބ) ސަރުކާރުގެ އިދާރާތަކާއި އެކިއެކި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި ކައުންސިލާ ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސައްކަތްކުރުން.
(ޅ) ކައުންސިލުން ނިންމާ ނިންމުންތަކާ އެއްގޮތަށް ކައުންސިލަށްލިބޭ ފައިސާގެ އެންމެހައި ކަންތައްތައް ކައުންސިލްގެ އިދާރާއިން ހިންގާތޯ ބެލުން.
(ކ) ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއާއި ކައުންސިލްގެ ޚަރަދުތަކުގެ ރެކޯޑްތައް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.
(އ) އަތޮޅު ކައުންސިލުންނާއި ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.
މީގެ އިތުރުން އިސްލާޙްތަކާއި ގުޅިގެން ގެންނަންޖެހޭ ބަދަލުތައް ގެނައުން.
މީގެ އިތުރުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ (24) ވަނަމާއްދާގެ.
(ޗ) ރަށުކައުންސިލުގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުންނާއި އެކިއެކި ޤާނޫނުތަކުގެ ދަށުން ރަށުކައުންސިލާ ޙަވާލުކޮށްފައިވާ ކަންކަމާ ގުޅޭގޮތުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލް މެދުވެރިކޮށް ދޫކުރަން ކަނޑައަޅާ ހުއްދަތައް ދޫކުރުމާއި، އެފަދަ ހުއްދަތައް ބާޠިލުކުރުމާއި، ރަޖިސްޓަރީ ހަދާދިނުމާއި ބާޠިލުކުރުން.
(ހ.ހ) އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ރަށުގެ ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެރަށެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.
(ހ.ށ) ރަށު ކައުންސިލުން ދޭންޖެހޭނެކަމަށް އެކިއެކި ޤާނޫނުތަކުގެ ދަށުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން.