ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ (24) ވަނަމާއްދާގެ
(ރ) ދިވެހި ރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށް ގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމު ތޮއްޓާއި ކަނޑު ތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން.
(އ) ރަށުގެ ލައިބުރަރީ ހިންގުމާއި ރަށުގެ ރަސްމީ ލިއުންތައް އަރުޝީފުކުރުމާއި ރަށުގެ ތާރީޚީ އަދި ޤަދީމީ ލިޔެ ކިއުންތައް ރައްކާތެރިކަމާއިއެކު، ލައިބުރަރީގައި ބެލެހެއްޓުމާއި ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބުރަރީން އެކިއެކި މަޢްލޫމާތު ލިބޭނެ އިންތިޒާމު ޤާއިމްކުރުން.
(ލ) ޤަބުރުސްތާނު ބެލެހެއްޓުމާއި، ކަށުކަމާއިކެމީގެ ކަންތައް ކުރެވޭނެ ނިޒާމު ޤާއިމުކޮށްދިނުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.
(ޑ) ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން.
(ޓ) ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުން.
(ޔ) ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ގެސްޓްހައުސްތަކާއި ޢާންމު މާރުކޭޓްތަކުގެ ކަންކަން، ހުރޭތޯ ބަލައި، އިޞްލާޙީ ފިޔަވަޅު އެޅުން.
(ޕ) މަގުމަތީގައި މީހުން ހިނގައިއުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗިއްސާއި، އިންޖީނުނުލާއެއްޗެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުމާއި، ޢާންމުންގެ އަތުން ފީނަގައިގެން، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން.