ހޯނޑެއްދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުން 400 ކިލޯގެ އެލްމެނިއަމް ވިއްކުމަށް ހުޅުވާލައިފިއެވެ. މިއީ ކުނި މެނޭޖްކުރުމުގެ ތެރެއިން އިތުރު އާމްދަނީ ހޯދުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޅާ އިތުރު ފިޔަވަޅެކެވެ.
ކައުންސިލްގެ މައިގަނޑު އަމާޒަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކޮށް، އޭގެ އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމެވެ. މި މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ކުނިން އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ދަނީ ތަޢާރަފްކުރަމުންނެވެ.
އެލްމެނިއަމް ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން ވޭސްޓް މެނޭޖްމަންޓް ސެންޓަރާ ގުޅުއްވުން އެދެމެވެ.