ލާމަރުކަޒީ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުން ވަނީ 20 ޖުލައި 2025 ވަނަ ދުވަހު ހޯނޑެއްދޫ އިޖްތިމާއީ މަރުކަޒުގައި ކުރިއަށް ގެންގޮސްފައެވެ.
މި ބައްދަލުވުމުގައި ގދ. ހޯނޑެއްދޫ ކައުންސިލުން 2025 ގެ ފުރަތަމަ ހަ މަސްދުވަހު ހިންގި މަސައްކަތްތަކާއި ހަރަކާތްތަކުގެ މަޢުލޫމާތު ހިމެނޭ ވީޑިއޯ ރިޕޯޓެއް ރައްޔިތުންނާ ހިއްސާކުރެވުނެވެ.
ކައުންސިލްގެ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެއީ ކައުންސިލްގެ ރައީސް ޙުސައިން ވާރިޝް، ނައިބު ރައީސް އަޙްމަދު ޝިހާމް، އަދި ކައުންސިލް މެންބަރުންކަމުގައިވާ މަރިޔަމް ހަސަން ދީދީ އާއި ޖުވައިރިއްޔާ އަޙްމަދެވެ.