ގދ.ހޯނޑެއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި 3 ވަނަ ޤުރްއާން މުބާރާތް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. މި މުބާރާތަކީ ހޯނޑެއްދޫ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށްޓަކައި ބޭއްވުނު މުބާރާތެކެވެ.

23 މާރިޗު 2025 ގައި ބޭއްވުނު މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމުގެ ދެ ގޮފިން ޖުމްލަ 7 އުމުރުފުރާއަކުން 54 ފަރާތަކުން ބައިވެރިވިއެވެ. މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި މުޙައްމަދު އަސްލަމް، މުޙައްމަދު އާދިލް އަދި އަޙްމަދު އަންވަރު ހަރަކާތްތެރިވިއެވެ.

މުބާރާތުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވެ، މުބާރާތް ލައިވް ކުރުމަށް ބޭނުންވާ ހައިސްޕީޑް އިންޓަނެޓް ޕެކޭޖެއް ހަދިޔާކުރިއެވެ. އަދި މުޅި މުބާރާތުން 1 ވަނަ ހޮވުނު ފަރާތްތަކަށް އަންލިމިޓެޑް ޑޭޓާ ޕެކޭޖްވެސް ހަދިޔާކުރިއެވެ.

5 އަހަރުން ދަށުގެ އުމުރުފުރާގައި މީރާ ބިންތި މަހުދޫން އާދަމް، ޢައިޝަތު ލިޔާ ޙައްސާން، އައިޒިކް މުއާޒް، އަލްކާ މަދީހް، ޢާއިޝާ ނަވާރު ބިންތި ސަމްޢާން އަދި ޢަބްދުﷲ ނުޢުމާން ބިން އުސާމަތު ބައިވެރިވިއެވެ. 5 އަހަރާއި 7 އަހަރާ ދެމެދުގެ އުމުރުފުރާގެ ނުބަލާ ކިޔެވުމުގެ ބައިން 2 ވަނައަށް ކެދެރާ، ގދ.ހޯނޑެއްދޫގެ ޢާއިޝަތު ލިޔާ ޙައްސާން ހޮވުނެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުނީ 24 މާރިޗު 2025 ގައެވެ. މުބާރާތް ހިންގުމަށް ކައުންސިލްގެ ބަޖެޓުން ޚަރަދުކުރެވުނެވެ. މުބާރާތުގެ މަޤްޞަދުތައް ހާސިލްވެ، ހުރިހާ ހަރަކާތްތަކެއްވެސް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްގެންދެވުނެވެ.