"ސްމާޓް ހޯނޑެއްދޫ" މަޝްރޫޢު އަކީ ގދ. ހޯނޑެއްދޫ ސްމާޓް ރަށަކަށް ބަދަލުކުރުމަށް ރޭވިފައިވާ 10 އަހަރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރަށުގައި ދިރިއުޅޭ 800 އަށްވުރެ ގިނަ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރެވޭނެއެވެ. މި މަޝްރޫޢުގައި ކައުންސިލް ހިންގުމާއި، ހަކަތަ މެނޭޖްކުރުމާއި، ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، ކުނި މެނޭޖްކުރުމާއި، ޞިއްޙީ ޚިދުމަތާއި، ފަތުރުވެރިކަމާއި، ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުން ހިމެނޭ ގޮތަށް އެއް ނިޒާމެއްގެ ދަށުން ގުޅުވާލެވިފައިވެއެވެ. ޑިޖިޓަލް ޕްލެޓްފޯމްތަކުގެ އެހީގައި، މި މަޝްރޫޢުގެ ސަބަބުން ރަށުގެ ކަންކަން ހިންގުން ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތްތައް ކުރިއަރައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެގެން ދާނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ކުދި ރަށްރަށްރަށުގެ މުޖުތަމަޢުތަކަށް ކުރިމަތިވާ ގޮންޖެހުޖެހުންތަކަށް، އިދާރީ ހިންގުމާއި، ހަކަތައާއި، ސަލާމަތާއި ރައްކާތެރިކަމާއި، ދަތުރުފަތުރާއި، ކުނި މެނޭޖްކުރުމާއި، ޞިއްޙީ ޚިދުމަތްތަކާ ގުޅޭ ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދައިދެވޭނެއެވެ.

މަޝްރޫޢުގެ މަޤްޞަދުތައް:

-      ހާމަކަން ބޮޑު ގޮތެއްގައި ރަށުގެ ހިންގުމާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކޮށްގެން އިދާރީ ހިންގުން ހަރުދަނާކުރުން.

-     އިއާދަކުރަނިވި ހަކަތައާއި ސްމާޓް ކުނި މެނޭޖްކުރުމުގެ ނިޒާމުތަކުގެ ޒަރީއާއިން ދެމެހެއްޓެނިވި ގޮތްތައް ކުރިއެރުވުން.

-     ސަރވެއިލަންސް އަދި ސްމާޓް ދިއްލުމުގެ ނިޒާމުތަކުގެ އެހީގައި ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުން.

-     ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކޮށްގެން ޞިއްޙީ ޚިދުމަތާއި ތަޢުލީމީ ދާއިރާ ހަރުދަނާކުރުން.

-     ރަށުގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ފަތުރުވެރިކަމާއި ރަށުގެ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްކުރުން.

-     ޑިޖިޓަލް މުވާޞަލާތީ ވަސީލަތްތަކާއި އިދާރީ ހިންގުމުގެ އާލާތްތައް ބޭނުންކޮށްގެން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން.

-     ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް ރަށުގެ ތިމާވެށި ރައްކާތެރިކުރުން، ޚާއްޞަކޮށް ކަނޑޫފާ ސަރަޙައްދުތައް ހިމާޔަތްކުރުން.