ގދ. ހޯނޑެއްދޫ ކައުންސިލް އިދާރާއިން އިޢުލާން ކުރައްވާފައިވާ، ހޯނޑެއްދޫ ޑިންގީ ޖެޓީ ސަރަޙައްދުގައި މަސްކަނޑާތަނެއް ހެދުމުގެ މަސައްކަތް ޙަވާލުކުރެވިއްޖެއެވެ.
މި މަސައްކަތް ޙަވާލުކުރެވިފައިވަނީ ލައިނޯ އިންވެސްޓްމެންޓް (ޢިނާޔަތުﷲ އަބްދުއްސައްތާރު، ލައިނޫފަރުމާގެ/ގދ.ހޯނޑެއްދޫ) އާއެވެ. މަސައްކަތުގެ ޖުމްލަ އަގަކީ 126,856.28 ރުފިޔާ (އެއްލައްކަ ސައްބީސްހާސް އަށްސަތޭކަ ފަންސާސްހަރުފިޔާ އަށާވީސް ލާރި) އެވެ.
މަސައްކަތް ކުރިއަށް ގެންދެވޭނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް، އަދި ދެފަރާތުން އެއްބަސްވާ އުސޫލުތަކެއްގެ މަތިންނެވެ.